އުރީދޫއިން ރާއްޖޭގެ ސިއްހީ މަރުކަޒުތަކަށް ހަދިޔާ ކުރަން ނިންމާފައިވާ ހެލްތް ކިޓް އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތަކަށް ހަވާލުކޮށްފިއެވެ.

Ads by Asuru

އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތައް ކަމަށްވާ ހުޅުމީދޫ، ފޭދޫ އަދި މަރަދޫ ފޭދޫގެ ސިއްހީ މަރުކަޒުތަކަށް ކިޓު ވަނީ ހަވާލުކޮށްފައެވެ. އުރީދޫ ހެލްތް ކިޓް އެ މަރުކަޒުތަކާއި ހަވާލު ކޮށްދެއްވީ އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީއެވެ.

އުރީދޫއިން މައުލޫމާތު ދޭގޮތުގައި މި މަސައްކަތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ ކަމެކެވެ. މި މަސައްކަތުގެ ދަށުން167  ސިއްހީ މަރުކަޒަކަށް ކިޓު ހަދިޔާ ކުރެވޭނެއެވެ.

މި ހެލްތް ކިޓުގައި ހިމެނޭ ތަކެތީގެ ތެރޭގައި ސްޓެތެސްކޯޕާއި ޑިޖިޓަލް ސްފިގްމާނޯމީޓަރާއި ޕަލްސް އޮކްސިމީޓަރާއި އޮޓޮސްކޯޕާއި ޑިޖިޓަލް ތާމޯމީޓަރާއި ނެބިއުލައިޒަ މެޝިން ފަދަ ސިއްހީ ފަރުވާ އަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނެއެވެ.

މި މަސައްކަތުގެ މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ރާއްޖެ ދެމެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމެވެ. އުރީދޫން ބުނީ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓު ހަދިޔާކުރަން އުރީދޫން ނިންމީ، އެ ކުންފުނީގެ ސީއީއޯ ހާލިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މި އަހަރުގެ މާޗު މަހު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

އުރީދޫން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ބޭނުންވާ ސާމާނު ކުރިން ވެސް ހަދިޔާކޮށްފައެވެ. އެ ކުންފުނިން ވަނީ 2018 ވަނަ އަހަރު އޮކްސިޖަން ސިލިންޑަރާއި އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް ވެސް ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފައެވެ.