ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީ އަންނަ އޮކްޓޯބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.

Ads by Asuru

އެޕާޓީން ވަނީ، އެޕާޓީގެ ހަތަރު ވަނަ ކޮންގްރެސްއަށްފަހުގައި، ރިޔާސީ ޕްރައިމަރީ ބާއްވާނެކަން މީގެ ކުރިން އިއުލާނު ކޮށްފައެވެ.

މި ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވެނީ މިހާރުގެ ރައީސް، އަދި އެމްޑީޕީގެ އިސް ލީޑަރު، އިބްރާހީމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް މުހަައްމަދު ނަޝީދެވެ.

ރިޔާސީ ޕްރައިމަރީއާއި ގުޅޭގޮތުން އެމްޑީޕީގެ ލީޑަރޝިޕް ބޭފުޅަކު ވިދާޅުވީ ޕްރައިމަރީއަށް އަންނަ މަހުގެ ކުރީކޮޅު ހުޅުވާލާނެކަމަށެވެ. މިއީ 2023ގެ ރިޔާސީ ރޭހަށް، ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ފޯރިގަދަ ޕްރައިމަރީއަށް ވެގެންދާނެއެވެ.

އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕީޕީއެމުން ވަނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ ޓިކެޓު ދީފައެވެ.