ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން އާންމު ކުރި ވީޑިއޯއެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ, ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ ދިރާސާއެއް ގައުމީ ޔުނިވާސިޓީން ހަދަމުން އަންނަކަމަށެވެ.

އަދި އެ ދިރާސާގެ ނަތީޖާ ލިބޭ ހިސާބުން ރައްޔިތުންނާ އެކަމާ ގުޅޭ މަޝްވަރާތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީން ވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ ލާމަރުކަޒީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެކަމުގައި ރައްޔިތުންނަށް ފެންނަ ފުރިހަމަ ހިޔާލުތައް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން ކަމަށެވެ.

މި ދިރާސާތައް ނިމުމުން ޖެހިގެން އަންނަ ހަފްތާގައި ރައްޔިތުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.