އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބ. ފުޅަދޫގެ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ އެކު ބެލެނިވެރިންނަށް އަމާޒުކޮށްގެން ބެލެނިވެރިކަމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި ޕްރޮގްރާމުގައި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސަމާލުކަން ދޭންޖެހޭނެ ކަންކަމާއި، އާއިލީ ދިރިއުޅުމުގައްޔާއި، މުޖުތަމައުގައި ހަމަޖެހުން ގެނައުމަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ވަނީ ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައެވެ.

ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ހާއްސަ ޕްރޮގްރާމު، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ނަންގަވައިދެއްވާފައި ވަނީ ލީޑް ސޯޝަލް ސަރވިސް ވޯކަރ އަކްރަމް ހުސެއިންއެވެ.

