އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި އޮފީސްތަކުގެ ޓީމްތައް ހާއްސަކޮށްގެން މަގުބޫލު ތިން ގޭމެއް ކަމަށްވާ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލްގައި ހިމެނޭ އީސްޕޯޓްސް މުބާރާތް އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތް އިއުލާނު ކޮށްފިއެވެ.
އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތަކީ ރާއްޖޭގައި އުފެދިފައިވާ އީސްޕޯޓްސްގެ ކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ރޭވިފައިވާ މުބާރާތެކެވެ.
މި މުބާރާތަކީ މުވައްޒަފުންގެ ގޭމިން ހުނަރު ދައްކާލައި، ޓީމްވޯކް އިތުރުކޮށް، އެކުވެރިކަން އުފެއްދުމަށް ރަނގަޅު މުބާރާތެކެވެ.
އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މި މުބާރާތްތައް ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާއިރު، ސަޕޯޓަރުންނާއި އެކުވެރިންނަށް އެމީހުންގެ ޓީމުތަކަށް ތާއީދުކުރުމަށް ދައުވަތު ދެމެވެ. ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ހުރިހާ ޓީމަކަށް 2 އޮގަސްޓް 2024 ގެ ކުރިން ރަޖިސްޓްރީ ކުރެވޭނެއެވެ.
މުބާރާތުގެ ހައިލައިޓްސް:
އެފްސީ24: ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޭ ސްޕޯޓްސްގެ އެންމެ ފަހުގެ ފުޓްބޯޅަ ސިމިއުލޭޝަން ގޭމް އެފްސީ24 ގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ. ރިއަލިސްޓިކް ގޭމްޕްލޭ އާއި ވާދަވެރި ފީޗާތަކާ އެކު ބައިވެރިންނަށް ވާޗުއަލް ފުޓްބޯޅައިގެ ހުނަރު ދައްކާލުމަށް މިއީ ފުރިހަމަ މުބާރާތެކެވެ.
އީއޭއެފްސީ މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ. ރަޖިސްޓްރީ ކުރުމަށް:
http://ore.do/eafcoffice މި ލިންކަށް ވަންނާށެވެ.
އިނާމުތައް:
އެއްވަނަ އިނާމު- 10،000 ރުފިޔާ
ދެވަނަ އިނާމް- 6000 ރުފިޔާ
ތިންވަނަ އިނާމް-4000 ރުފިޔާ
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ): މަޝްހޫރު މޮބައިލް މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމް، އެމްއެލްބީބީގައި ޓީމްތަކުން ހަނގުރާމަތަކުގައި ބައިވެރިވާނެއެވެ.
ޓީމުތައް މޮޅުވުމަށް ވާދަކުރާއިރު ސްޓްރެޓެޖީ، ކޯޑިނޭޝަން އަދި ކުއިކް ރިފްލެކްސް މުހިންމުވާނެއެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 10000 ރުފިޔާއެވެ.
ރަޖިސްޓްރީ ކުރުމަށް:
http://ore.do/mlbboffice
އެއްވަނަ އިނާމު: 8000 ރުފިޔާ
ދެވަނަ އިނާމު: 3000 ރުފިޔާ
ތިންވަނަ އިނާމް: 2000 ރުފިޔާ
އެމްވީޕީ އަށް: 1000 ރުފިޔާ
ޕަބްޖީ މޮބައިލް: ބެޓްލް ރޯޔަލް އެރީނާއަކަށް ކުޅުންތެރިން ޕެރަޝޫޓް ކުރާއިރު، އެ ތަނުގައި ވާދަވެރިން ފަހަތަށް ޖައްސާލަން ޖެހެނީ ޗިކަން ޑިނާ ހޯދުމަށެވެ. ޕަބްޖީ މޮބައިލްގެ ހަލުވި އެކްޝަން އަދި ޓެކްޓިކަލް ގޭމްޕްލޭގެ ސަބަބުން ބައިވެރިން ވިސްނައިގެން ކުޅެގެން ނޫނީ މޮޅުވުމުގެ ފުރުސަތު ގެއްލިދާނެއެވެ. މި މުބާރާތުގެ ޖުމްލަ ޕްރައިޒް ޕޫލަކީ 20،000ރ.
ރަޖިސްޓްރީ ކުރުމަށެވެ.
http://ore.do/pubgmoffice
އެއްވަނަ އިނާމު: 8000 ރުފިޔާ
ދެވަނަ އިނާމު: 2000 ރުފިޔާ
ތިންވަނަ އިނާާމް: 3000 ރުފިޔާ
ހަތަރުވަނަ އިނާމް: 2000 ރުފިޔާ
ފަސްވަނަ އިނާާމް: 1000 ރުފިޔާ
އެމްވީޕީ: 1000 ރުފިޔާ
އުރީދޫ ނޭޝަން އިންޓަރ އޮފީސް މުބާރާތުގައި ޓީމްތައް ރަޖިސްޓްރީކޮށް މުބާރާތުގައި ބައިވެރިވުމަށް މިވަނީ ހުޅުވާލެވިފައެވެ.
ރަޖިސްޓްރީކުރުމުގެ ތަފްސީލާއި އިތުރު މައުލޫމާތު އުރީދޫ ނޭޝަންގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

