މާލޭގެ ފަތާ ޓްރެކް ސަރަހައްދު ބޭރު ތޮށިން ކަނޑަށް ފުންމާލި މީހަކު ފުލުހުން މިއަދު ސަލާމަތް ކޮށްފިއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓްރެކް ސަރަހައްދު ބޭރު ތޮށިން މީހަކު ކަނޑަށް ފުންމާލި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 15:58 އެހާކަންހާއިރު ކަމަށެވެ.

އަދި އެމައުލޫމާތު ލިބުމާއެކު އޭނާ ސަލާމަތްކޮށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ، މިކަން ހިނގި ގޮތް އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.