މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ގޯސްވުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފަސްކުރި ތާރީހު ހާމައެއް ނުކުރެއެވެ. ޝަރަފުގެ ހިނގާލުން ފަށަން ނިންމާފައި އޮތީ މިއަދު ހަވީރު 4:15ގައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނު ބާއްވަން ނިންމި މިނިވަން ދުވަހުގެ ރަސްމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ވެސް ވަނީ ނުބާއްވާ ގޮތަށް ނިންމައިފައެވެ.