މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ.

އެމަނިކުފާނު މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސް ކުރައްވާފައިވަނީ މިއަދު މީސް މީޑިއާ މެދުވެރި ކުރައްވައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ކުރެއްވި މި ޕޯސްޓުގައި އެމަނިކުފާނު ވަނީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ.

މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނީ 59 ވަނަ މިނިވަންދުވަހެވެ.