ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ބޭރުގެ ދަރަންޏާ އޮތް ގުޅުން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކަމަކު ދަރަނިނެތި އުޅުމުން ސަރުކާރުން ދޭ އެތައް ހިދުމަތަކުން މަހުރޫމުވާނެ ކަންވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

”އެހެނަސް ބުއްދިވެރިކަން އިސްކުރުން ވަރަށް މުހިންމު.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ގާނާގައެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވުމަށެވެ.

ރާއްޖެވެސް ބައިވެރިވެގެން 2019 ވަނަ ހަދާފައިވާ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ ގާނާ ގައެވެ.

ރައީސް ނަޝީދު ކުރިން ވިދާޅުވީ ސީވީއެފްގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.