މިއަދު އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ފެށުމާއިއެކު، ޒަމާނީ ޓެކްނޮލޮޖީ އާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ދެ އަހަރު ވަންދެން ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން ފެށުން ފެށުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ 5ޖީ: މުޅި ރާއްޖެއަށް ކަވަރޭޖް ފުޅާކުރުން

ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމުގައި އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އުރީދޫ 5ޖީ މިހާރު ރާއްޖޭގެ 60 އިންސައްތަ އަށް މިއަދުން ފެށިގެން ލިބިގެންދާނެއެވެ.

އަދި މި މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

ޑިޖިޓަލް އިނޮވޭޝަންގެ ލީޑަރެއްގެ ހައިސިއްޔަތުން، ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއްގެ އެކްސްޕީރިއަންސެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ނޫޖޫމް: ލޯޔަލްޓީ ޕްރޮގްރާމް

އުރީދޫގެ ލޯޔަލްޓީ ޕްރޮގްރާމް، ނުޖޫމް ފަރުމާކުރެވިފައި ވަނީ ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށެވެ. ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ހިދުމަތްތަކަށާއި ތާޑް ޕާޓީ އޮފާތަކަށް ރިޑީމް ކުރެވޭނެއެވެ. މި ޕްރޮގްރާމަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. ނޮޖޫމް އަކީ އުރީދޫ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.

އާޗާ ސުޕަނެޓް އަދި އާޗާ އެއާފައިބާ : ޑެއިލީ ޑޭޓާ މިހާރު ފައިބާރ ބްރޯޑްބޭންޑަށް

އުރީދޫގެ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތަކެއް ވަނީ ތައާރަފުކުރެވިފައެވެ. ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުން ގުޅިފައި ތިބުމަށާއި، ކޮންމެ ދުވަހަކު ވެސް މެދުނުކެނޑި އިންޓަނެޓްގެ ހިދުމަތް ލިބުމަށް މި ޕްލޭންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެން ދާނެއެވެ. މި ކުރިއެރުމަކީ ރާއްޖޭގައި އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު ބޮޅެއް ކަމަށް އުރީދޫއިން ބުނެއެވެ.

އޭއައި ޕޯސްޓްޕެއިޑް: އޭ.އައި މެދުވެރިކޮށް ޕޯސްޓްޕެއިޑް ޕްލޭން ތައްޔާރުކޮށްލާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭއައި ޕޯސްޓްޕެއިޑް ތައާރަފްކުރެވިފައިވާއިރު، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްޓަމަރުން ބޭނުންތަކާއި ބޭނުންކުރުމުގެ ވައްޓަފާޅިއަށް ފެތޭ ގޮތަށް ޕާސަނަލައިޒްޑް ޕޯސްޓްޕެއިޑް ޕްލޭންތައް ހެދުމަށް މި އިނޮވޭޓިވް ހިދުމަތުން ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އޭއައި ޕޯސްޓްޕެއިޑް އާއެކު ކަސްޓަމަރުންނަށް ތަފާތު ފްލެކްސިބިލިޓީ އާއި ވެލިއު ލިބޭ ގޮތަށް ހާއްސަ ޕްލޭނެއް ބޭނުން ކުރެވޭނެއެވެ.

ހެއްސަ ޑޭޓާ: ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް

ހެއްސަ ޑޭޓާ އަކީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑްއަށް ތައާރަފުކުރެވޭ ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭނެކެވެ.

ކަސްޓަމަރުނގެ އެކި ބޭނުންތަކަށް ގިނަ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް މި އޮފާ އަކީ އިންޓަރނެޓު ބޭނުން ކުރުމާއި ސްޓްރީމް ކުރުމާއި ޗެޓުކުރުމުގައި ލިމިޓަކާ ނުލައި ގުޅާލުމުގެ މިނިވަންކަން ފަހިކޮށްދޭ ޕްލޭނެކެވެ.

އާޗާ ދަންދަން: ދަންވަރަށް ހާއްސަ

ސޯޝަލް މީޑިއާގައި ދަންވަރު ވަގުތު ހޭދަކުރާ ފަރާތްތަކަށް ހާއްސް އާޗާ ދަންދަން އިން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑީއަގެ ގިނަ އެޕްލިކޭޝަންތަކަށް ޑޭޓާ އެލަވަންސެއް ލިބޭ އިރު، ”ދަން ދަން“ ގަޑިތަކުގައި ދަންވަރު 1:00 އިން ފަތިހު 5:00 އަށް ލިބިގެންދާނެއެވެ. މި ޕްލޭންއާއެކު މެދުނުކެނޑި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރެވޭނެއެވެ.

އެންޓަޓައިނިއާ: އެންޓަޓެއިންމަންޓް އާ ހަރުފަތަކަށް

އަހަރީ ދުވަހާ ދިމާކޮށް މުނިފޫހިފިލުވުމުގެ ގިން އެޕްލިކޭޝަންތަކާއި އެޕްތައް ހިމެނޭ ހާއްސަ ޕޭޖެއް ކަމަށްވާ އެންޓަޓައިނިއާ ވެސް އުރީދޫއިން ވަނީ ތައާރަފްކޮށްފައެވެ. މި އާ ފީޗާގައި ސޮނީލިވް އާއި ލަޔަންސްގޭޓް ޕްލޭ ހިމެނޭ ފިލްމު ޕެކް އޮޕްޝަންތަކުގެ އިތުރުން ސްނެޕްޗެޓާއި ޓިކްޓޮކްގެ ސޯޝަލް އެންޓަޓެއިންމަންޓް ޕެކްތައް ވެސް ހިމެނެއެވެ.

އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް

އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް އަކީ 1919 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު ރާއްޖެ އާއި ގަތަރު ގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތެކެވެ. އޮގަސްޓް މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ އުރީދޫ ނޭޝަންގެ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށާއި، އިނޮވޭޓިވް ސޮލިއުޝަންތަކާއި، ތަފާތު ޚިދުމަތުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އާ އީޖާދީ ޓެކްނޮލޮޖީ ތައާރަފުކޮށް ފުޅާކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް އުރީދޫއިން ދެއެވެ.