ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ފުރާ ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައެވެ.

ނަމަވެސް މާބޮޑު ތަފްސީލެއް ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ރައީސް ނަޝީދު ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވެސް އިންޑިއާއަށް ވަޑައިގެންފައެވެ. އެއީ ދިއްލީގައި އޮތް ސަމިޓަކަށެވެ.