އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިންޑިއާގެ ސަފީރު މުނޫ މަހާވަރާ ބައްދަލު ކުރައްވައި، އިންޑިއާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އިކޮނޮމިކް މިނިސްޓްރީގައެވެ.
ސައީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުނޫ މަހާވަރުއާ އެކީގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމުގައެވެ.
އޭގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ އެކުގައި ވެސް މިފަދަ މަޝްވަރާތަކެއް ކުރެވުނުކަން ސައީދު ވަނީ ފާހަގަ ކުރައްވައިފައެވެ.
އިންޑިއާ ސަފީރު އިއްޔެ ވަނީ ހެލްތު މިނިސްޓަރު ޑރ.ހަލީލް އާއި ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އާ ބައްދަލު ކުރައްވައި ރާއްޖޭގެ ސިއްހީ ނިޒާމާއި ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.


މިޔައްހާ ދުވަހު އިންޑިޔާ އައުޓޭ ކިޔާފާ މިހާރު އިންޑިޔާ ޕަޕެޓަކައްވެޖެ