ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއެއްގެ ދެމެދު މާރާމާރީއެއް ހިންގައިފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ރޭ ބުނީ މިކަން ހިނގާފައި ވަނީ ރޭ އަށެއް ޖަހާކަންހާއިރު ކަމަށެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މި މާރާމާރީގައި އަނިޔާވި މީހާއަށް ހަނިމާދޫ ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ރޭ ބުންޏެވެ.
އަދި އަނެއް މީހާ ހައްޔަރުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދިނެވެ.
ނަމަވެސް މާރާމާރީއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.