ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އިސްލާމީ މަރުކަޒުގައި ހިންގަމުން ގެންދެވި ތަފުސީރު ކްލާހެއް ހުއްޓުވާފައި ނުވާނެ ކަމަށާއި، އިޔާޒު އަމިއްލައަށް އިޔާޒު އަމިއްލައަށް ދަރުސް ހުއްޓައިލިތާ މަހެއްހައި ދުވަސް ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑޜ. މުހައްމަދު ޝަހީމް އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމާ ގުޅޭ ގޮތުން އިސްލާމިކް ޝަހީމާ ދެމެދު އުފެދުނު ދެބަސްވުމުގައި ކްލާސް ހުއްޓުވާފައިވާ ކަމަށް އިޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.

މިނިސްޓަރު ވިދާޅުވީ އިޔާޒްް ބަލިވެގެން ކަމަށް ވިދާޅުވެ އަމިއްލަ އަށް ދަރުސް ކުރިއަށް ގެންދިއުން ހުއްޓަލިތާ މަހެއްހާ މަސްވެއްޖެ ކަމަށެވެ.

”ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން އަންނަ ދަރުސެއް ހުއްޓުވާފަ ނުވާނެ. އަލުން ދަރުސް ފަށަށް އެދުނީ މިއަދު [އިއްޔެ]،“ ޝަހީމު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އިސްލާމީ މަރުކަޒާއި ކިންގް ސަލްމާން މިސްކިތް ނޫން ތަންތަނުގައި ދަރުސް ކުރިއަށް ގެންދެވޭނެ ކަމަށް ވާނީ ދަންނަވާފައި ކަމަށެވެ.