ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބޮލީވުޑްގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިނޯދް ޗޯޕްޅާއާ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރު ފައިސަލް ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާއާ އިއްޔެ މެންދުރުގެ ވަގުތެއްގައި ބައްދަލުކުރެވުނީތީ އުފާކުރައްވާ ކަމަށެވެ.
އޭނާއާ ބައްދަލުކުރައްވައި ރާއްޖޭގައި ކުރިއަށްގެންދެވިދާނެ ޕްރޮޖެކްޓުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވިނޯދްއަކީ މަޝްހޫރު ފިލްމު ޕީކޭ އާއި ސަންޖޫގެ ޕްރޮޑިއުސަރެވެ.

