ރޯގާގެ ފަރުވާއަށް ދިވެހީން އާއްމުކޮށް ބޭނުން ކުރަމުން އަންނަ ބޭހެއް ކަމުގައިވާ ”އެލެގްރާ ސަސްޕެންޝަން“ގެ 30މގ/ 5އެމްއެލް އިން ކޮލިޓީ މައްސަލަތަކެއް ފާހަގަވެ، އެ ބޭސް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ.
އެމްއެފްޑީއޭ އިން ބުނީ، މައްސަލަ ފާހަގަވީ މި ބޭހުގެ ތިން ބެޗަކުން ކަމަށާއި، އެކަން ބޭސް އުފައްދާ ކުންފުނިން އެލާޓު ކޮށްފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ، އެ ބެޗުތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި އެކަން އެމްއެމްޑީއޭއަށް އީމެއިލްކޮށް އަންގަން އެދޭ ކަމަށެވެ. އެގޮތުން mtg@health.gov.mv އަށް މެއިލް ކުރުމަށް ވަނީ އަންގަވައިފައެވެ.
ކޮލިޓީ މައްސަލަ ދިމާވި ބޭސް އުފައްދަނީ ސަނޯފީ އިންޑިއާ ލިމިޓެޑް ކިޔާ އެ ގައުމުގެ ކުންފުންޏަކުންނެވެ. މި ބޭހަކީ ރޯގާ ޖެހުމުން އާއްމުކޮށް ތުއްތު ކުދިންނަށް ދޭ ބޭހެކެވެ.

