ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ކައިރިން 48 ދަޅު ބިޔަރާއި ރާފުޅިއަކާއެކު ބިދޭސިއަކު އަތުލައިގެންފިއެވެ.

ފުލުހުން ބުނީ އޭނާ އަތުލައިގަނެ، ހައްޔަރުކޮށްފައި ވަނީ މިރޭ 10:00 ގައި ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އަތުލައިގަތް ބިދޭސީ މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ މީހާގެ ވަނަވަރު ވެސް ހާމައެއް ނުކުރެއެވެ.