ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ހޮޓަލެއްގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބެންކޮކް ސިޓީގައެވެ. ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައިވާ ފަރާތުގެ އާއިލާއަށް މި ޚަބަރު ވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަންގާފައެވެ.

ތައިލެންޑްގެ ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ ރަސްމީ އިދާރާއަކުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.