ވ.ބޮޑު މޮހޮރާގައި ބަނގުރަލުގެ ވިޔަފާރިކުރި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ބަނގުރަލުގެ ވިޔަފާރިކޮށްގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 43 އަހަރުގެ އަހްމަދު އަޝްރަފާއި، 50 އަހަރުގެ އަމްޖަދު މުޙައްމަދުގެ އިތުރުން ލަންކާ ރައްޔިތެއްކަމުގައިވާ 53 އަހަރުގެ ނަލިން އިންޑިކާ ކޮޑިކާރައެވެ.

މި އޮޕަރޭޝަނަކީ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ފުލުހުންގެ އިންޓެލިޖެންސް އަދި ވ. އަތޮޅުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން މިއަދު މައުލޫމާތުދީފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އެ ރަށް ބަލައި ފާސްކުރިއިރު، އެރަށުން 24 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.