ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޮބައިލް އެޕްލިކޭޝަނާއި އިންޓަރނެޓު ބޭންކިންގެ ހިދުމަތް އަނެއްކާ ވެސް މެދުކެނޑިއްޖެއެވެ.

ބީއެމްއެލް އިން ބުނީ، ހިދުމަތަށް ބުރޫ އަރާފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެ ބޭންކުން އަންނަނީ ދިމާވި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި މަހުގެ އެއްވަނަ ދުވަހު ވެސް ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގެ ހިދުމަތަށް ބުރޫ އެރިއެވެ. މިކަން ހިނގީ ލިލީ ބީޗު ރިސޯޓުގެ ބައެއް މުވައްޒަފުންގެ އެކައުންޓަށް މުސާރައިގެ ގޮތުގައި 77 ބިލިއަން ޑޮލަރު ޖަމާ ކުރެވުމާ ގުޅިގެންނެވެ.

 

ޯ