އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނިންމަން އޮތީ، މިނިވަންކަމާ ގުޅިފައިވާ ވޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

Ads by Asuru

ތޯރިގު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، ފޮރިން މިނިސްޓަރު، އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ކުރައްވާތީ، އެކަަމަށް އިޝާރާތް ކުރައްވައެވެ.

ތޯރިގު ވަނީ ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީން ކަމަށް، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް އަބަދުވެސް ހަނދާންކޮށްދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ޝާހިދާއި ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެން ހިމާޔަތް ކުރައްވާނީ އެގައުމުގެ މަސްލަހަތު ކަމަށެވެ.

”ނަންވާނީ ނުވަވަނަ ހަސަން ރަސްގެފާނާއި، ހަސަން ތާޖުއްދީންގެ ދެ ދަރިން.“ ރައީސް ނަޝީދާއި، ޝާހިދަށް ނިސްބަތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، ރައީސް ނަޝީދުވެސް އެގައުމަށް ވަޑައިގަންނަވާއިރު، ނަޝީދު ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ރުކުން ހަމަވަނީ ޝާހިދު ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.