ނިޔާވެފައިވާ މީހަކު ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އެންގުނީ އޮޅުމަކުން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

Ads by Asuru

ފުލުހުންގެ ވެބްސައިޓުގައި މިއަދު ކުރި އިއުލާނެއްގައި ވަނީ ނިޔާވެފައިވާ މީހަކު ފުލުހަށް ހާޒިރުވާން އަންގާފައެވެ. އެމީހަކީ ދަނގެތި/ ފެހިވިލާ، ޝަކުﷲ އަލީއެވެ.

މި އިއުލާނާ ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، އެ އިއުލާނަކީ އޮޅިގެން ކުރެވުނު އިއުލާނެއް ކަމަށެވެ. އަދި އެކަމަށްޓަކައި އެމީހާގެ އާއިލާގެ ފަރާތުންވެސް ވަނީ މާފަށް އެދިފައެވެ.

ފުލުހުން ވަނީ އެއިއުލާނު ވެބްސައިޓުންވެސް މިހާރު ނަގާފައެވެ. އަދި މިފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް އަމަލު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.