ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ.އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީއާ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އިއްޔެ މަނާމާގައި ބަޙްރެއިންގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައިވާ އިސްލާމީ އާދަކާދައާއި، ހަމަތަކާއި އަދި އަގުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމާއި އެއްބާރުލުމުގެ މަޝްވަރާތައް ކުރެވުނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އިގްތިސާދި އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުންނެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ސިޔާސީ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

