މާލޭ ގެއެއްގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު އަންހެނަކު ނިޔާވި މައްސަލައާ ގުޅުން ހުރި މަންޒަރުތައް އާއްމު ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.
މިކަން ހިނގާފައި ވަނީ މާފަންނުގެ ގެއެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ މިއަދު މާލޭގައި ގެ އެއްގެ މަތިން ވެއްޓި މީހަކު ނިޔާވި ހާދިސާ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
މީހާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.
ފުލުހުން ބުނީ މިކަން އެ ހިދުމަތުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

