ހުޅުމާލޭގައި އަންހެނަކަށް ބިރު ދައްކައި، އޭނާ ގައިގައި ކަޓަރު އަޅައި ފޭރުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މީގެ ކުރިން ބުނީ ހުޅުމާލޭ ފޭސް އެކެއްގައި ހުރި ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި އޭނާއަށް ބިރު ދެއްކުމަށްފަހު ފައިސާ ފޭރުނު ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ބުނީ، އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރު ކޮށްފައިވަނީ ގދ. ތިނަދޫ، ސްކޫނަރ، އަލީ ޝައްމާހު ވަހީދު (29އ) ކަމަށް ފުލުހުން ބުންޏެވެ.