ދިރާއްޖެ އާއި ތައިލެންޑުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވަން ބޭނުންފުޅުވެލައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ތައިލެންޑުގެ އާ ބޮޑުވަޒީރު ޕެޓޮންގްޓަރން ޝިނާވަޓްރާއަށް މަރުހަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެކަމަނާގެ ލީޑާޝިޕްގެ ދަށުން ތައިލެންޑަށް އިތުރު ތަރައްގީ ގެނެސް ގައުމުގެ ތަނަވަސްކަން އިތުރުވެގެންދާނެ ކަމަށެވެ.
އަދި ރާއްޖެއާއެކު ބާއްވާ ގުޅުން އިތުރަށް ބަދަހި ކުރުމަށް ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އުމުރުން އެންމެ 30 އަހަރުގައި ތައިލެންޑުގެ ބޮޑުވަޒީރުކަމަށް އިންތިހާބު ކުރެވުނު ޝިނާވަޓްރާއަކީ އެގައުމުގެ އެންމެ ޒުވާން ބޮޑުވަޒީރުކަން ފާހަގަކޮށްލެވެއެވެ.

