އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހދ. ހަނިމާދޫއަށްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓުން ބުނާގޮތުގައި އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށެވެ.
އެގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭވެހުނީ ހދ. ހަނިމާދޫއަށެވެ. އެރަށަށް 31.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ށ.ފުނަދޫއަށް 30.8 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
ތިންވަނައަށް އެންމެ ގިނައިން ވާރޭވެހުނު ދެރަށަކީ ހއ. ކެލާ އާއި ހދ. މަކުނުދޫއެވެ. ކެލާއަށް 22.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މަކުނުދޫއަށް 20.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

