ކ.ކާށިދޫ މިސްކިތުގެ މުދިމު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މުދިމަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މި މައްސަލައިގައި މުދިމު މީގެ ކުރިން ސަސްޕެންޑްވެސް ކުރި ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.