ވައްކަމުގެ މައްސަލައެއްގައި އުމުރުން 23 އަހަރުގެ ޒުވާނަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ހޯދަމުންދަނީ މުހައްމަދު ޝާވީ، ސ. ފޭދޫ / ޑޭޒީމާގެ (A280196)އެވެ.
ފުލުހުން ޝާވީ ހޯދަމުންދަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމުގައި ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހޯދުމަށް އިއުލާނުކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
ފުލުހުންވަނީ މިހިނގާ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ 13:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް މުޙައްމަދު ޝާވީ ހާޒިރުވުމަށް އަންގާފައެވެ.

