ކެއްސާތީ ފަރުވާއަށް ދޭ ބޭހެއް ކަމުގައިވާ ކޮފްސީ ސިރަޕް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އެލާޓެއްގައި ބުނީ، ކުޑަކުދިންނަށް ކެއްސާތީ ދޭ ކޮފްސީ ސިރަޕުން ކުނޑިތަކެއް ހުންނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެނއ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަން އިތުރަށް ބެލުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށާއި ވަކި ގޮތެއް އަންގަންދެން އެ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވެސް މަނާކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭއިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ، ރޯގާ ޖެހުމުން ދޭ އެލެގްރާގެ ބެޗުތަކެއް ވެސް ވިއްކައި، ބޭނުންކުރުން މަނާ ކޮށްފައެވެ.

