އުރީދޫގެ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ތައާރަފްކޮށްފިއެވެ.
ލަޔަންސްގޭޓް ޕްލޭ އަކީ ބެލުންތެރިންނަށް ހިތްގައިމު އަދި ތަފާތު ޕްރިމިއަމް ކޮންޓެންޓްތަކެއް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމެކެވެ.
މި ހިދުމަތަކީ މުނިފޫހިފިލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ތަފާތު އަދި ހިތްހަމަޖެހޭ ކޮންޓެންޓް ލިބިގެންދާނެ ހިދުމަތެއް ކަމަށް އުރީދޫން ބުނެއެވެ.
ބްލޮކްބަސްޓާ ފިލްމުތަކާއި އޮރިޖިނަލް ސީރީޒްތަކާއި އެކްސްކްލޫސިވް ކޮންޓެންޓްގެ މުއްސަނދި ލައިބްރަރީއަކާ އެކު ލަޔަންސްގޭޓް ޕްލޭ އަކީ މުނިފޫހިފިލުވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަން ސްޓޮޕް ޑެސްޓިނޭޝަނެކެވެ.
ކޮލިޓީ، އިނޮވޭޝަން އަދި ސްޓޯރީޓޭލިންއަށް ހާއްސަ ސަމާލުކަމެއް ދީގެން ލަޔަންސްގޭޓް ޕްލޭ އިން ރާއްޖޭއަށް ތަފާތު ރަހަތަކާއި ފޯރުކޮށްދޭނެއެވެ.
ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ޕެކް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި ލަޔަންސްގޭޓް ޕްލޭ ސަބްސްކްރިޕްޝަނާއެކު 100 ޖީބީ ހިމެނޭ ކަމަށާއި އެންމެ 250 ރުފިޔާއަށް ސްޓްރީމް ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
ލަޔަންސްގޭޓްޕްލޭ އެކްޓިވޭޓް ކުރުމަށް ކަސްޓަމަރުންނަށް އުރީދޫ ސުޕައެޕް ބޭނުން ކުރެވޭނެއެވެ.
މި ހިދުމަތް ތައާރަފު ކުރުމާ ގުޅިގެން އުރީދޫގެ ސީއޯއޯ ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އާ އަދި އިނޮވޭޓިވް ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.
”އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުންނަށް އާ އަދި އިނޮވޭޓިވް ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް. އުރީދޫ ނެޓްވޯކްގައި ލަޔަންސްގޭޓް ޕްލޭ ތައާރަފްކުރުމުން މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުން ކަސްޓަމަރުންނަށް ލިބިގެންދާނެ.“ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާާޅުވިއެވެ.
ައަދި އޭޝިއާގެ ލަޔަންސްގޭޓް ޕްލޭގެ ރައީސް ރޯހިތު ޖެއިން ވިދާޅުވީ
ލަޔަންސްގޭޓް ޕްލޭ ރާއްޖެއަށް ތައާރަފްކޮށް، ބެލުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ސްޓްރީމިން އެކްސްޕީރިއަންސެއް ލިބުމަކީ އެފަރާތަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

