ކ. ތިލަފުށީގައި ހުރި މެރިންޑޯ ވޯކްޝޮޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ދިވެއްސަކަށް ދުމުގެ އަސަރުކޮށްގެންނާއި ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ތިލަފުށީގެ ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ، ދުން އަރަމުންދާ މަންޒަރު ފެނެެއެވެ.

.