ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ފުރިހަމައަށް ލިބޭނެގޮތް ހެދުމަށް ސަރުކާރުން ޕޭޕަލްގެ އިސްވެރިންނާ މަޝްވަރާކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޭޕަލްގެ ގްލޯބަލް މާކެޓިންގެ ރައީސާއެކު ބޭއްވި އޮންލައިން ބައްދަލުވުމެއްގައި އެ ޕްލެޓްފޯމު މެދުވެރިކޮށް ހިދުމަތް ހޯދުމުގައި ހުރި ދަތިތަތަކާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވިފައިވާ ކަމަށެވެ.
ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ.
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ ހިދުމަތް ރާއްޖެ ގެނައުމަށްޓަކައި މި ސަރުކާރު އައި ފަހުން ވަނީ އެމެރިކާގެ ސަރުކާރާއި ކަމާ ގުޅޭ އެކި ފަރާތްތަކާ އެކު މަޝްވަރާތައް ކޮށްފައެވެ.
ރާއްޖޭގައި ޕޭޕަލް މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ބޭރު މީހުން ފައިސާ ފޮނުވުމަށެވެ. ޕޭޕަލް މެދުވެރިކޮށް ފައިސާ ހޯދޭނެ ގޮތެއް ނޯވެއެވެ.

