އިސްލާމީ މަރުކަޒުގައި އިއްޔެ އަރަބި ބަހުން ދިން ހުކުރު ޚުތުބާ އަންނަ ހުކުރު ދުވަހު ދިވެހިން ބަހުން މުޅި ރާއްޖޭގައި ދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިއްޔެ އިސްލާމީ މަރުމަޒުގައި އިމާމުވެ ހުކުރު ކުރެއްވީ ސައުދީ އަރަބިއްޔާގެ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ.ހަމްދާން އައްސުލަމީއެެވެ.
އޭނާ ދެއްވި ޚުތުބާހެ މައުޟޫއު އަކީ ދީނަށްޓަކައި ހިދުމަތް ކުރުމެވެ.
އަރަބި ބަހުން ދެއްވި ޚުތުބާގެ ދިވެހި ތަރުޖަމާގެ ކޮޮޕީ ހުކުރަށް ދިޔަ މީހުންނަށް ބަހާފައިވެއެވެ.
އަދި ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ ވެސް ޓީވީ ޗެނެލްތަކުންނާއި އިސްލާމިކް މިނިސްޓްރީގެ ޕްލެޓްފޯމްތަކުން ގެނެސްދީފައިވެއެވެ.

