ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގަމުގައި ހުންނެވި ޒީނާ ޒާހިރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވިކަން، ޒީނާ ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައިފައެވެ.

”އަޅުގަނޑު މިއަދު ހަވީރު 4:30 ގައި އިސްތިއުފާގެ ސިޓީ ހަވާލު ކޮށްފިން، އެއީ މިވަގުތަށް ދަންނަވަން އޮތް އެއްޗަކީ،“ ޒީނާ ވިދާޅުވިއެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަ ކުރައްވައިފައެއް ނުވެއެވެ.

ޒީނާއަކީ 2006 ވަނަ އަަހަރު ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. އެ ދާއިރާގައި 18 އަހަރު ހޭދަކުރައްވައިފައިވާއިރު އެކި މަގާމުތައް އަދާކުރައްވައިފައިވެއެވެ.