ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި ގދ. ގައްދޫ އަންހެނަކު ފުލުހަށް ހާޒިރުވާން އަންގައި އިއުލާނު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ޝަފުރާ އާދަމް، ގދ. ގައްދޫ / ދިލާވަރުގެ (25އ)އެވެ.

ފުލުހުން ބުނީ، އެރަށު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް އޭނާ ހާޒިރުވާން އަންގާފައި ވަނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.