ވައިގެމަގުން ރާއްޖެއަށް 9.86 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ ރާއްޖެ އެތެރެކުރަން އުޅުނު ޖުމުލަ 11.62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި:

  • ކެތިނޯން – (0.680) ކިލޯ
  • ކެނެބިސް – (10.20) ކިލޯ
  • ހެރޮއިން – (0.740) ކިލޯ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.