ފިލައިގެން އުޅުނު 10 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ ހަވީރު 16:00 އިން 18:00 އަށް މާލޭގައި ހިންގުނު ހާއްސަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ވަނީ ނޯޓިސްދީފައި ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށް ވަނީ ލިޔުމުން ނަސޭހަތް ދީފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

އަދި ސުވާލުކުރެވުނު ބިދޭސީންގެ ތެރެއިން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ 10 މީހަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވައިލުމަށް އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް 3000 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފައެވެ.