މާލެ-ހުޅުލެ ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާގެ އެއްބައިވަންތަކަމުގެ އަލިގަދަ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

ސިނަމާލެ ބްރިޖު ހުޅުވީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

ބްރިޖަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިމަނާލެ ބްރިޖަކީ ރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާގައި ފާހަގަކޮށްލެވޭ ބިނާއެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖަކީ ހަމައެކަނި ދެ ރަށެއް ގުޅައިލަދޭ ބްރިޖެއް ނޫނެވެ.

އެ ބްރިޖުން ރާއްޖެ-ޗާއިނާ އާއި ދެމެދުގައި އޮތް އިތުބާރާއި ރަހުމަތްތެރިކަން ރަމްޒުކޮށްދޭ ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިނަމާލެ ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެއްބައިވަންތަކަމާއި ކުރިއެރުމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

ބްރިޖުން ކުރިއަށް އޮތް ޖީލުތަކަށް ވެސް ފައިދާ ވެގެން ދާނެކަން ރައީސް ފާހަގަކުރައްވާފައި ވެއެވެ.