މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ ރަހުމަތްތެރިކަމުގެ ދެމިހުރި ނިޝާނެއް ކަމަށާއި ބްރިޖާއެކު އިގްތިސޯދީ ގޮތުން އެތައް ދޮރުތަކެއް ރާއްޖެއަށް ހުޅުވިގެން ދިޔަ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެއެވެ.
އަދި ޗައިނާގެ އެހީއާއިއެކު އެޅިގެން ދިޔަ ސިނަމާލެ ބްރިޖަކީ އެފަދަ އިމަރާތެއް ރާއްޖޭގައި ބިނާ ކުރެވިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށާއި ބްރިޖާއެކު އިގްތިސޯދީ ގޮތުން އެތައް ދޮރުތަކެއް ރާއްޖެއަށް ހުޅުވިގެން ދިޔަ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާއާ ދެމެދުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ދެމިހިރު ނިޝާނެއް ކަމަށެވެ.
އެ މަސައްކަތް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ޝެޑިއުލަށްވުރެ އަވަހަށް އަދި ކަނޑައެޅި ބަޖެޓްގެ ތެރެއިން ނިންމާލެއްވިކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.
އަދި ވިދާޅުވީ އޭގެން ދޭހަވަނީ ރައީސްގެ ގާބިލިއްޔަތުކަން ކަމަށެވެ.

