ވެރި ރަށް މާލޭގައި އަންހެނަކު ރަހީނު ކުރި ފިރިހެންމީހާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ އަހުމަދު އަތުހަރު، ހެޕީލޭންޑް، ށ. މިލަންދޫ އަމިއްލައަށް މަރުވެފައިވާ ކަމަށް މީޑިއާއަކުން ރިޕޯޓު ކުރި ޚަބަރާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭނާ މަރު ނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ރަހީނު ކުރި މައްސަލައިގައި އަތުހަރު ވަނީ، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އަތުހަރު ރަހީނުކުރީ އޭނާގެ ލޯބިވެރިޔާއެވެ.

އެ ދެމީހުންގެ މެދުގައި ހޫނު ޒުވާބެއް ހިނގާފައި ވަނީ ގޭގެ ކުއްޔާ ގުޅިގެންނެވެ.