އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކުރި ފިރިހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

މާލޭގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލައިގައި، އުމުރުން 32 އަހަރުގެ އާދަމް އަތުހަރު ހައްޔަރު ކޮށްފައި ވަނީ ހާދިސާ ހިނގި ސަރަހައްދުން 2024 އޯގަސްޓު 29 ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އޭނާ ރަހީނު ކުރި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތުގައި އަތުހަރަށް ކޮންމެވެސް ވަރަކަށް އަނިޔާވެ، އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު، ހުކުރު ދުވަހުގެ ހެނދުނު ވަނީ ކަސްޓޯޑިއަލް ޖަލަށް ގެންގޮސްފައެވެ.

އިއްޔެ ފުލުހުން ބުނީ އޭނާ އަމިއްލަ އަށް މަރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ.

އަދި އެންއައިސީ އާއި އެޗްއާރްސީއެމް އިން ދޫނިދޫ ކަސްޓޯޑިއަލްގައި އޭނާ ދަންޖެހެން އަމިއްލައަށް މަރުވާން އުޅުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.