އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނު ކުރަން އުޅުނު ށ.މިލަންދޫ, ހެޕީލޭންޑު އާދަމް އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް މަރުވި ސަބަބު ދެނެގަންނަން އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ދިވެހި ފުލުހުން ނިންމައިފިއެވެ.
އަންހެނަކު ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދިޔުމުން އަތުހަރު ވަނީ އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަތުހަރަށް އަނިޔާތަކެއް ލިބުނެވެ. އެހެންނަމަވެސް އެ އަނިޔާތަަކަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން އަތުހަރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އަމިއްލައަށް މަރުވާން އަތުހަރު މަސައްކަތް ކުރީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ 23 މިނެޓު ތެރޭގައި ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
މިހާދިސާގެ ތަހުގީގު ފުލުހުން ވަނީ ފަށައިފައެވެ. މީގެ އިތުރުން އޭނާ ދަން ޖެހެން އުޅުނު މައްސަލަ އެޗްއާރުސީއެމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

