މިއަދު ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރާއްޖޭގެ ބޮޑު ސަރަހަށްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު ހެނދުނު 6:30 އިން 12:30އާ ދެމެދު އެ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ، ރ އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ސަރަހަށްދުތަކަށެވެ.
މެޓުން ބުނީ ވައިޓް އެލާޓް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެއަށް މިދިޔަ މަހުގެ ފަހުކޮޅު ވަރަށް ބޮޑަށް ވިއްސާރަވެ، ގިނަ ރަށްތަކެއްގައި ފެންވެސް ބޮޑުވިއެވެ.

