ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ހޯދަނީ އިންޑިއާ ރައްޔިތެއް ކަމަށްވާ އައިޑީ މޮހަމެޑް ސެޚް، 32 ކަމަށެވެ.
އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުއެވެ.
އެހެންވެ މޮހަމެޑްއާ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެއެވެ.

