ރާޅުގަނޑު ސަރަހައްދަށް ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.

މީސްމީޑިއާގައި މި ހާދިސާގެ ވިޑީއޯ އަންނަނީ ދައުރުވަމުންނެވެ.

ފުލުހުން ދެންމެ ބުނީ، މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ވެސް ބުނީ، އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ބަންޑުން ޖަހައިލީ ފަސް މީހުންނާއެކު މަހަށް ނުކުތް އުޅަނދެކެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ލޯންޗުގައި ތިބީ ތިން މީހުން ކަމަށާއި، އެ މީހުން މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.