ސިނަމާލެ ބްރިޖު ކައިރިއަށް އަޑިއަށް ދިޔަ ލޯންޗުގައި ތިބި އެންމެން ވެސް ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މިއަދު އަޑިއަށް ދިޔަ ލޯންޗުގައި 4 މީހުން ތިބި ކަމަށެވެ. އެއީ ދެ ދިވެހީންނާއި ދެ ބިދޭސީންނެވެ. އެ 4 މީހުން ސަލާމަތް ކުރެވުނުއިރު، ދެ މީހަކަށް ކުދި އަނިޔާ ވެފައި ހުރިކަން އެމްއެންޑެފް އިން ހާމަ ކުރިއެވެ.

ރާޅުގަނޑު ސަރަހައްދަށް އަޑިއަށް ދިޔައީ މަހަށް ދިޔަ ލޯންޗެއްކަން އެނގިފައިވެއެވެ.

 

ީ