މާފަންނު ގެއަކަށް ވަދެ، ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި މަރާލާނެކަމުގެ އިންޒާރުދިނުމަށް ފަހު ފޭރުނު ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުން ވަނީ މާފަންނު ގެއަކަށް ކަމަށެވެ.

ފާހާނައިގެ ފެންލައިޓުން ވަދެ އެ ގޭގެ ކޮޓަރީގައި ނިދާފައި ތިބި ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި އެ ދެ މީހުންގެ ފޯނާއި ލެޕްޓޮޕަކާއި އެހެނިހެން ތަކެތި ފޭރިގެންފައިވާ މައްސަލައެއް ފުލުހުންނަށް ވަނީ އިއްޔެގެ ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކޮށްފައި ކަމަށެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުން ފިލައިގެން ގޮސްފައިވަނީ ފާހާނައަށް ވަދެ އެތެރެއިން ތަޅުލައި ފެންލައިޓުން ކަމަށެވެ.

ރޭގެ ވަގުތެއްގައި އެ ދެ މީހުން ހައްޔަރުކޮށް އެ ގެއިން ފޭރުނު ތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެ މީހުން ވަގަށް ނަގާފައިވާ އެހެނިހެން ތަކެތިވެސް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.