ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޑު ހިނގީ މިއަދު ހެދުނު ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

ފުލުހުން ބުނީ މިއަދު ހެދުނު 6:50 ހާއިރު ހުޅުމާލޭ ފޭސް 2ގައި ދުއްވި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓުވި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ ހާދިސާގައި ސައިކަލް ދުއްވަން އިން މީހާއަށް ސީރިޔަސް އަނިޔާތަކެއް ލިބިގެން ހުޅުމާލެ ހޮސްޕިޓަލުގައި އޭނާއަށްވފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، މިކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ.

އެގޮތުން އިއްޔެ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ހިނގާދިޔަ އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ޒުވާނަކު ވަނީ މި ދުނިޔެ ދޫކޮށްފައެވެ.