ހުޅުމާލެއަށް އަރާ ހައިވޭ ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ހަލިމަގު ކައިރީގައި އިންނަ ވިލާ ޕެޓްރޯލްޝެޑް ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް މިރޭ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވެގެން އަންހެނަކާއި ފިރިހެނަކު ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އެކްސިޑެންޓްގައި ހިމެނޭ ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ.